ރަންވީރު ޝޯރޭ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރަންވީރު ޝޯރޭ---

ބޮލީވުޑް އެކްޓަރު ރަންވީރު ޝޯރޭ 48، އަށް ކޮވިޑް ޖެހިއްޖެ އެވެ.

ކޮވިޑް ޖެހުނުކަން އާންމުކުރަމުން ޝޯރޭ ކުރި ޓްވީޓެއްގައި ބުނީ ކޮވިޑްޖެހުނުކަން އެނގުމާއެކު އައިސޮލޭޓްވި ކަމަށާއި ބައްޔަށް ޕޮޒިޓިވްވި ނަމަވެސް އޭނާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެނުނީ ވަރަށް ކުޑަކޮށް ކަމަށެވެ. އަދި މި ވަގުތު ކަރަންޓީނުގައި ހުރި ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ގިނަ ފިލްމުތަކެއްގެ ސަޕޯޓިން ރޯލުން ފެނިގެންދާ ޝޯރޭ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާއަށް ހެޔޮއެދޭ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް ހެޔޮއެދުންތައް ފޮނުވަމުންނެވެ.

ޝޯރޭ އެންމެ ފަހުން ފެނިގެންދިޔައީ "މެޓްރޯ ޕާކް 2" އިންނެވެ.

comment ކޮމެންޓް