މުހައްމަދު އިސްމާއިލްގެ ބަންދަށް ތިން ދުވަސް ޖަހައިފި

މުހައްމަދު އިސްމާއިލް--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިދިކޮޅުގެ މުޒާހަރާއެއްގެ ތެރެއިން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ.

ފުލުހުން މުހައްމަދު އިސްމާއިލް ހައްޔަރު ކުރީ އިއްޔެ މާލޭގައި ޕީޕީއެމް، ޕީއެންސީން ކުރި މުޒާހަރާގެ ތެރެއިންނެވެ.

މުހައްމަދު އިސްމާއިލްގެ ގާނޫނީ ވަކީލު އާދަމް އާސިފް "ސަން" އަށް ވިދާޅުވީ، އިއްޔެގެ މުޒާހަރާ އިން ހަތަރު އަންހެނަކާއި ތިން ފިރިހެނަކު ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔައީ އޭނާ އެކަނި ކަމަށް ވަކީލު ވިދާޅުވި އެވެ.

ވަކީލު އާސިފް ވިދާޅުވީ، މިއަދު ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ތިން ދުވަސް ޖަހާފައިވާ ކަމަށެވެ.

މުހައްމަދު އިސްމާއިލް އަކީ މިހާރު އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކުގައި އިސްކޮށް އުޅޭ އެކަކެވެ. އެފަދަ މުޒާހަރާތަކުން މީގެ ކުރިންވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ. ކޮންމެފަހަރަކުވެސް ދޫކޮށްލަނީ އެވެ.

comment ކޮމެންޓް