މާފުށީ ޖަލުގެ އަންހެން ގައިދީންނަށް ދީނީ ޕްރޮގްރާމެއް

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ އަންހެން ގައިދީންނަށް ހާއްސަ ދީނީ ޕްރޮގްރާމެއް ފަށައިފި އެވެ.

ކަރެކްޝަންސް އިން ބުނީ މި ޕްރޮގްރާމަކީ ކަރެކްޝަންސް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

"ފަނާރު-އިލްމުގެ އަލީގައި އަމާން އައްސޭރިއަކަށް" ގެ ނަމުގައި ދީނީ ނަސޭހަތް ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި 45 އަންހެން ގައިދީން ބައިވެރިވާ ކަމަށް ކަރެކްޝަންސްް އިން ބުންޏެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ ހަ މަސް ދުވަހުގެ މުއްދަތަށެވެ.

މި ޕްރޮގްރާމްގެ މަގުސަދަކީ އިސްލާމް ދީނުގެ އަސާސްތަކުގެ އަލީގައި ގައިދީންނަށް އިސްލާމީ ސަގާފަތުގެ މުހިންމު ބައިތައް އުނގަންނައިދީ ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެދިނުން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

comment ކޮމެންޓް