ބިދޭސީއަކު އިން ޑިންގީއެއް އޮޔާ ދަނިކޮށް ފެނިއްޖެ

ބިދޭސީއަކު އިން ޑިންގީއެއް އޮޔާ ދަނިކޮށް ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ހާލުގައި ޖެހި އޮޔާ ދިޔަ ޑިންގީ އެއް ފެނުނީ ވ. އަންބަރާ ކައިރިން ދަތުރު ކުރަމުންދިޔަ "މޯލްޑިވިއާނާ" ކިޔާ ސަފާރީ އަކަށް ކަމަށެވެ.

އެ ޑިންގީގައި އިނީ ބިދޭސީއެއް ކަމަށާއި ޑިންގީ ފެނުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަަން އިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބުނީ މިއަދު ހަވީރު 17:12ގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ޑިންގީގައި އިން މީހާގެ އަތުގައި ހުރި ލިޔެކިޔުންތަކުން އޭނާ އަކީ ލަންކާ މީހެއްކަން ދެނެގަނެވިފައިވާ ކަމަށާއި ކޯސްޓްގާޑްގެ ބެލުމުގެ ދަށުން އެ ޑިންގީ ވ. ފެލިދުއަށް ގެންދިޔުމުގެ މަގުމަތީ ވާކަމަށް އެމްއެންޑީއެފް އިން ބުންޏެވެ

comment ކޮމެންޓް