އެވިޑް ކޮލެޖްގެ އެމްބީއޭ ކޯސް މުރާޖައާ ކުރުމަށް ފަހު ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

އެވިޑް ކޮލެޖުގެ ދަރިވަރުން ތަކެއް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެވިޑް ކޮލެޖުން ހިންގަމުން އައި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ކޯސް، މުރާޖައާކޮށް، ޒަމާނާ އެއްގޮތަށް ފަރުމާކޮށް ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތަށް ހުޅުވާލައިފި އެވެ.

އެވިޑް ކޮލެޖުގެ މެނޭޖްމަންޓުން ބުނީ އަލަށް ގެނައި ބަދަލުތަކާ އެކު މިކޯހަކީ ވާދަވެރި ވަޒީފާގެ މާހައުލަށް ތައްޔާރުވުމުގައި ހުރިހާ ގޮތަކުން ވެސް ދަރިވަރުންނަށް އެހީތެރިކަން ލިބިގެންދާނެ ފަދަ ކޯހަކަށް ވާނެ ކަމަށެވެ.

އެ ކޯހަށް އަލަށް އިތުރުކުރެވުނު މޮޑިއުލްތަކުގެ ތެރޭގައި "ލީޑަރޝިޕް އިފެކްޓިވްނަސް" މޮޑިއުލްގެ ސަބަބުން ވަޒީފާގެ މާހައުލުގައި ކަންކަމަށް އިސްނެގުމާއި އަދި މަތީ ފަންތީގެ މަގާމުތައް އަދާކުރުމަށް ބޭނުންވާ ފަންނީ ގާބިލްކަމާއި ހުނަރުވެރިކަން ލިބުމުގެ މަގު ދަރިވަރުންނަށް ފަހިވެގެންދާނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.

އަލަށް އިތުރުކުރި އެހެން މޮޑިއުލްތަކުގެ ތެރޭގައި "މެނޭޖީރިއަލް އިކޮނޮމިކްސް" އަދި "އީ-ބިޒްނަސް މެނޭޖްމެންޓް" ވެސް ހިމެނެ އެވެ.

ދުނިޔެއަށް ކުރިމަތިވެފައިމިވާ ޕެންޑަމިކްގެ ސަބަބުން ދިރިއުޅުގެ ގިނަ ކަންކަން މިހާރު އޮންލައިންކޮށް ކުރުމަށް މަޖުބޫރު ވެފައިވާ އިރު "އީ-ބިޒްނަސް މެނޭޖްމެންޓް" މޮޑިއުލްއިން ކާމިޔާބުކަމާ އެކު އޮންލައިންކޮށް ވިޔަފާރިކޮށް އަދި ބެލެހެއްޓުމުގެ ފަންނު އުނގަންނައި ދެވޭނެ ކަމަށް އެވިޑުން ބުނެ އެވެ. އަދި މުޅި ދުނިޔެ އިންޓަނެޓްގެ ދުނިޔެއަކަށް ބަދަލުވެގެންދާ އިރު، އެކަމަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް ވަރަށް ބޮޑު އަހަމިއްޔަތު ކަމެއްދޭ ކަމަށް ވެސް ފާހަގަކުރެ އެވެ.

"މެނޭޖީރިއަލް އިކޮނޮމިކްސް" މޮޑިއުލްއަކީ އިގްތިސާދަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ވިޔަފާރީގެ ސްޓްރެޓެޖީތައް އެކުލަވާލައި ވިޔަފާރީގައި ކާމިޔާބު ހާސިލުކުރަން ބޭނުންވާ ފަންނުވެރިކަން ދަރިވަރުނަށް ދަސްކޮށްދޭ މޮޑިއުލްއެކެވެ.

އެ ކޯހުގެ ފައިނަލް ޕްރޮޖެކްޓްގެ ގޮތުގައި ދަރިވަރުންނަށް ތަފާތު އިލްމީ ދިރާސާކުރުމުގެ އިހްތިޔާރުތަކެއް ފަހިކޮށްދީފައިވެ އެވެ. އޭގެ ތެރޭގައި ބިޒްނަސް ރިސާޗް ޑެސެޓޭޝަނެއް ލިޔުމާއި ސްޓްރެޓީޖިކް ކޮންސަލްޓިން ޕްރޮޖެކްޓެއް ހެދުމާއި އަދި ބޭނުންވާ ވިޔަފާރިއަކަށް ބިޒްނަސް ޕްރޮޕޯސަލް ހެދުމުގެ ފުރުސަތު ހިމެނެ އެވެ.

އެމްބީއޭއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އެވިޑް ކޮލެޖުން ވަނީ މިހާރު ހުޅުވާލާފަ އެވެ. މެއި މަހުގެ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ އެ ކޯހަށް މި ލިންކް މެދުވެރިކޮށް އެޕްލައި ކުރެވޭނެ އެވެ.

ދެހާސް ފަސްވަނަ އަހަރު އުފެދިގެން އައި އެވިޑް ކޮލެޖަކީ، ހެޔޮ އަގުގައި މަތީ ތައުލީމު ދިވެހިންނަށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކޮލެޖެވެ. އެވިޑް ކޮލެޖްގެ ކެމްޕަސްތައް މާލެ ސިޓީ އަދި ތިނަދޫގައި ގާއިމުކުރެވިފައިވެ އެވެ.

comment ކޮމެންޓް