ހުޅުމާލޭ ގެތަކުގައި އެނދުމަތިކޮށްފައިވާ ފަރާތްތަކަށް ވެކްސިން ދޭން ފަށަނީ

ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގެ ގެތަކުގައި އެނދުމަތިކޮށްފައިވާ ފަރާތްތަކަށް މި މަހުގެ 17ވަނަ ދުވަހު ވެކްސިން ދޭން ފަށާނެ ކަމަށް އެޗްއީއޯސީއިން ބުނެފި އެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން އޮޕަރޭޝަންސްގެ ފަރާތުން މުހައްމަދު ހަމްޒަތު ވިދާޅުވީ ގެތަކުގައި އެނދުމަތިކޮށްފައިވާ ފަރާތްތަކަށް ވެކްސިން ދިނުމަށްޓަކައި ހާއްސަ ޓީމުތަކެއް ތަމްރީނު ކުރަމުންދާ ކަމަށެވެ.

"ހުޅުމާލޭގައި 17 ފެބްރުއަރީގައި އަޅުގަނޑުމެން ގޭގައި އެނދުމަތި ކުރެވިފައި ތިބޭ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށްގެންދާނަން،" ހަމްޒަތު ވިދާޅުވި އެވެ.

ހަމްޒަތު ވިދާޅުވީ އެނދުމަތި ކުރެވިފައި ތިބޭ ފަރާތްތައް 1676 ނަންބަރަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

މިއަދާ ހަމައަށް ރާއްޖެއިން ޖުމުލަ 43،817 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 35،289 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 8،429 މީހުންގެ އިތުރުން ރިސޯޓުތަކުން ވެކްސިން ޖެހި 99 މީހުންނެވެ.

comment ކޮމެންޓް