ނިކީ މިނާޖުގެ ބައްޕަ މަރުވެއްޖެ

ނިކީ އާ އޭނާގެ ބައްޕަ ރޮބާޓް---

ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖުގެ ބައްޕަ ރޮބާޓް މަރާޖް 64، މަރުވެއްޖެ އެވެ.

ނަސައު ކަންޓްރީ ޕޮލިސް އާއި ހަވާލާދީ ބޭރުގެ ރިޕޯޓްތައް ބުނާގޮތުގައި ރޮބާޓް މަރުވެފައިވަނީ ލޯންގް އައިލެންޑްގެ މިނޯލާގެ މަގެއްގައި ހިނގާފައި ދަނިކޮށް ކާރެއް އޭނާގެ ގައިގައި ޖެއްސުމުންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ކާރުގައި އިން މީހާ ވަނީ ވަގުތުން އެކްސިޑެންޓް ސީނުން ފިލާފައެވެ.

އެކްސިޑެންޓް ހިނގުމާއެކު ވަގުތުން މިރާޖް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާގެ ހާލު ސީރިއަސް ކަމުން ސަލާމަތްނުވެ އޭނާ ވަނީ މަރުވެފައެވެ.

ބައްޕަ މަރުވުމާ ގުޅިގެން ނިކީ މިހާތަނަށް ޕަބްލިކް ސްޓޭޓްމަންޓެއް ނުނެރުނު ނަމަވެސް ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު