ޕްރިންސް ހެރީ އާއި މޭގަން އަށް ދެވަނަ ދަރިއަކު ލިބެނީ

ޕްރިންސް ހެރީ އާ މޭގަން މާކަލް---

އިނގިރޭސި ރާނީ އެލިޒަބެތު ދެވަނައިގެ މާމަ ދަރިކަލުން ޕްރިންސް ހެރީ 36، އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކަލް 39، އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފިއެވެ.

އެކަން އެބޭފުޅުންގެ ތަރުޖަމާނު ވެސް ކަށަވަރުކޮށްދެއްވާފައިވާއިރު މޭގަންގެ ބަނޑުފާޅުވާގޮތަށް ނަގާފައިވާ ފޮޓޯއެއްވެސް ވަނީ ސޯޝަލް މީޑީއާގައި ހިއްސާކުރައްވާފައެވެ. އެ ފޮޓޯއަކީ ހެރީ އާއި މޭގަންގެ އަރިސް ފޮޓޯގްރާފަރު މިޒަން ހެރިމަން ގެ ފޮޓޯއެކެވެ. މިޒަން ވަނީ އެ ފޮޓޯ ޓްވިޓާގައި ހިއްސާކުރުމަށްފަހު ދެ ބޭފުޅުންނަށް މަރުހަބާ ކިޔާފައެވެ.

ހެރީ އާ މޭގަންގެ ދަރިކަލަކު އެބަހުއްޓެވެ. އެއީ އާޗީ ހެރިސަން މައުންޓްބެޓަން ވިންޑްޒާ އެވެ. އާޗީ އަށް މި އަހަރު ދެ އަހަރު ފުރޭނެއެވެ. ޕްރިންސް ހެރިީ އާ މޭގަން ކައިވެނިބައްލަވައިގަތީ 2018 ވަނަ އަހަރުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު