ވިލިޖޯޢްޔާއި ސައިމާކެއާ ގުޅިގެން ވިލިމާލޭގައި އޮކިއުޕޭޝަނަލް ތެރަޕީ ދެނީ

ވިލިޖޯއްޔާއި ސައިމާ ކެއާ ގުޅިގެން ވިލިމާލޭގައި އޮކިއުޕޭޝަނަލް ތެރަޕީ ނަގަިދެނީ-- ފޮޓޯ:ވިލިޖޯލި ފޭސްބުން

ވިލިޖޯލީގެ ފަރާތުން ސައިމާކެއާ އާއި ގުޅިގެން ހިންގާ އޮކިއުޕޭޝަނަލް ތެރަޕީ ސެޝަންތައް މި ހަފްތާގެ ހޮނިހިރު ދުވަހު ވިލިމާލޭގައި ފެށިއްޖެއެވެ. މިއީ އޮކިއުޕޭޝަނަލް ތެރަޕީގެ ޚިދުމަތް ހޯދުމަށް، މާލެއާއި ހުޅުމާލެއަށް ދަތުރުފަތުރު ކުރުމަށް ގިނަގުނަ ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ހާޢްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް، ހާޢްސަކޮށް ފެށި މަސައްކަތެކެވެ.

ވިލިޖޯލީގެ ފަރާތުން ނައިބު ރައީސް އަހުމަދު ރައްސާމު ވިދާޅުވީ މިއީ ކޮވިޑް19ގެ ހާލަތާއި އެކު، ވިލިމާލޭގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަަރާތްތަކަށް އިންތިހާއަށް ބޭނުންވެފައިވާ ކަމެއްކަމަށެވެ.

" ވިލިމާލޭގައި އެބައުޅޭ ހާޢްސަ އެހީޢަށް ބޭނުންވާ ވަރަށް ގިނަ ފަރާތްތަކެއް. އެކަމަކު މިދިޔަ އަހަރުގެ ކޮވިޑް ފުރަބަންދަށް ފަހު، ތެރަޕީއަށް މާލެ ނޫނީ ހުޅުމާލެ ދަރިން ގޮވައިން ދިއުމަކީ ވަރަށް އުނދަގޫ ކަަމެއް. ފެރީ އަށް އަރުވައިން، އަނެއްކާ ޓެކްސީ އެއް ނަގައިން ދާން މިޖެހެނީ. ދާއިރުގައި ފުރޮޅުލީ ގޮނޑިއަށްވެސް އިތުރު ޗާޖެއްވެސް އެބަ ނަގާ. އެހެންވީމަ ބޮޑޭތި ދަތިތަކެއް މިކަމުގައި ހުރި." ރައްސާމު ވިދާޅުވިއެވެ.

ފުރަަބަންދުވި ހިސާބުން މިފަދަ ތެރަޕީތައް ނެގުން ގިނަ ފަރާތްތަކުން މަޑު ޖައްސާލިއިރު، ފުލުހުންގެ ހުއްދައާއި އެކު މޫދަށް ގެންދިއުންފަދަ ބައެއް ހޯމް ރެމެޑީސްވެސް އެއްބައިކުދިން އޭރު ހޯދިއެވެ. އެއަށްފަހު ހަގީގީ ހިތްހަމަ ޖެހުމެއް މިފަދަ ގިނަ ފަރާތްތަކަށާއި އާޢިލާއަށް ލިބިގެންދިޔައީ، ވިލިޖޯލިން އިސްވެ ސައިމާ ކެއާ އާޢިއެކު މި ޚިދުމަތް ސީދާ ވިލިމާލޭގައި ދޭން ފެށުމުންނެވެ.

ސައިމާ ކެއާއިން ކުދިންގެ ތެރަޕީތައް ނަގައިދެނީ މާލޭގައިވެސް ތެރަޕިސްޓަށް ދައްކާ އަގުގައެވެ. އިތުރު އެއްވެސް ފީ އެއް ނުނަގަ އެވެ.

މިޚިދުމަތް ފެށުމުގައި ވިލިމާލޭގައި ދިރިއުޅޭ، މިޚިދުމަތް ބޭނުންވާ ފަރާތްތަކުގެ ބެލެނިވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަން ވިލިޖޯލިން ފާހަގަކުރެއެވެ.

މިދިޔަ ހޮނިހިރު ދުވަހު މިފަދައިން ބޭއްވުނު ފުރަތަމަ މޯބައިލް ކްލިނިކް ސައިމާކެއާގެ ތެރަޕިސްޓަކާއި އެކީ ކުރިއަށް ގެންދިޔައިރު ޖުމްލަ ހަތް ކުދިންނަށް ތެރަޕީތައް ވަނީ ނަގާދީފަ އެވެ. ފުރަތަމަ ސެޝަންގައި ބައިވެރިވެފައިވަނީ މުޅިންވެސް 13 އަހަރުން ދަށުގެ ކުދިން ކަމުގައިވާއިރު ކޮންމެ ތެރަޕީއެއްގެ ދިގުމިނަކީ 45 މިނިޓާއި އެއް ގަޑިއިރާއި ދެމެދެވެ.

އޮކިއުޕޭޝަނަލް ތެރަޕީއަކީ މިފަދަ ފަރާތްތަކުގެ ހެދިބޮޑުވުމަށާއި ތަރައްގީއަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަކަށްވާއިރު، މިފަހުން އެންސްޕާއިންވެސް މިފަދަ ކަންކަމުގެ ކަވަރޭޖް ވަރަށް ބޮޑަށް އިތުރުކޮށްދީފައިވާކަން ފާހަގަކޮށް ރައްސާމް ވަނީ ވިލިމާލޭގައި ދިރިއުޅޭ ހާއްސަ އެހީޢަށް ބޭނުންވާ ކުދިންނަށ ތެރަޕީގެ ޚިދުމަތް އާއިލާތަކުން ވީއެންމެ ރަނގަޅަށް ފޯރުކޮށްދިނުމަށް އެދިފައެވެ.

https://sun.mv/128461

ވިލިޖޯލި ޖަމިއްޔާއަކީ 2016 ވަނަ އަހަރުން ފެށިގެން ވިލިމާލޭގައި ހިލޭސާބަހަށް މަސައްކަތްކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ.

comment ކޮމެންޓް