ރަށްފެހި ޕްރޮގްރާމުގައި މިއަހަރު 5،000 ގަސް އިންދާނެ: ސްޓެލްކޯ

ރާއްޖެ ފެހި ކުރަން ސަރުކާރުން ހިންގާ ރަށްފެހި ޕްރޮގްރާމުގެ ދަށުން މިއަހަރުގެ އަމާޒަކީ 5،000 ގަސް އިންދުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން އިއްޔެ ވަނީ މާލެ ސަރަހައްދު ފިޔަވައި އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ޕްރޮގްރާމު ކުރިއަށް ގެންގޮސްފަ އެވެ.

މި ޕްރޮގްރާމުގެ ދަށުން 2019 ވަނަ އަހަރު 2،000 ގަސް އިންދި ކަމަށާއި މިދިޔަ 2020 ވަނަ އަހަރު 3،000 ގަސް އިންދި ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެ ކުންފުނިން އަމާޒު ހިފާފައިވަނީ މި އަހަރު 5،000 ގަސް އިންދުމަށެވެ.

މި ޕްރޮގްރާމުގެ ދަށުން މީގެ ކުރިން އިންދި ގަސްތަކުގެ މޭވާ ލިބިފައިވާއިރު ސްޓެލްކޯ އިން ބުނީ މި ޕްރޮގްރަމު ދެމެހެއްޓެނިވި ގޮތެއްގައި އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ހިޔާ ލިބޭ ގަހރަށްފެހި ޕްރޮގްރާމަކީ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނިގެން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފެށި ޕްރޮގްރާމެކެވެ.

comment ކޮމެންޓް