ކާގޯ ބޯޓެއްގެ ތެރެއަށް ވެއްޓި ފަޅުވެރިއަކު މަރުވެއްޖެ

އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދެނީ ---

އައްޑޫ ސިޓީ ކައިރިން ދަތުރު ކުރި ކާގޯ ބޯޓެއްގެ ތެރެއަށް ބިދޭސީ ފަޅުވެރިޔަކު ވެއްޓި މަރުވެއްޖެ އެވެ.

އައްޑޫ ސިޓީ އިރު ދެކުނުން 165 ނޯޓިކަލް ބޭރުން ދަތުރު ކުރަމުން ދިޔަ "އެމްވީ ޑާބީ" ނަމަކަށް ކިޔާ ކާގޯ ބޯޓެއް ތެރެއަށް އެ ބޯޓުގެ ބިދޭސީ ފަޅުވެރިޔަކު ވެއްޓި، އަވަސް ފަރުވާއަށް ބޭނުންވެގެން އެމްއެންޑީއެފަށް ރިޕޯޓު ކުރީ މިއަދު މެންދުރު 12:26 ގައެވެ.

އައްވަޓެރި ސްރީލަންކާއަށް ނިސްބަތްވާ އެމީހާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިރޭ 11:40 ގައެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މީހާ ވަނީ މަރުވެފައެވެ. މިކަމާ ގުޅޭ ގޮތުން ރަސްމީ އިދާރާއަކުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ކޯސްޓްގާޑްގެ އެހީތެރިކަމަށް މިއަދު މެންދުރު 12:26 ގާއިރު އެދުމުން، ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ހުއްދައާއެކި އެ ބޯޓު އައްޑުއާ ދިމާލަށް ކައިރިކޮށް، ކަނޑު މަތިން އެ އަނިޔާވި މީހާ ކޯސްޓްގާޑު ލޯންޗަށް ނަގައި، އައްޑޫ ސީޓީއަށް ގެންދިޔުމުގެ މަސައްކަތް ކުރި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

comment ކޮމެންޓް