ރާއްޖެ އިޝްތިހާރުކުރަންް ބޭރުގެ އިތުރު ނޫސްވެރިން

ވީއައިއޭގައި ފަތުރުވެރިން --

ރާއްޖެ އިޝްތިިހާރުކޮށް ޕްރޮމޯޓު ކުރުމަށް އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އިން ކުރާ މަސައްކަތުގެ ދަށުން ރަޝިއާ އަދި ސީއައިއެސް މާކެޓުގެ ނޫސްވެރިން ރާއްޖެ ގެެނެސްފިއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއް ކަން އިޝްތިހާރުކޮށް ރާއްޖޭގައި ހުރި ލަކްޒަރީ އަދި ތިމާވެއްޓާއި ގުޅުންހުރި ކަންތައް ބޭރަށް އިޝްތިހާރުކޮށް ކިޔައިދިނުމުގެ މަސައްކަތް މި ނޫސްވެރިން ކުރާނެ ކަމަށެވެ.

އެގޮތުން ކަޒަކިސްތާނުގެ ނޫސްވެރިން މިމަހުގެ ފަހަކުން 12 އަށް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައިވާއިރު، އެ ޓީމުގައި ފޯބްސް، ކޮސްމޯޕޮލިޓަން، ހާޕާސް ބާޒާރު ފަދަ މަގުބޫލު މެގަޒިންތަކުގެ ޗީފް އެޑިޓަރުން ހިމެނެއެވެ.

ކަޒަކިސްތާނުގެ މީޑިއާ ޓީމުން ޝެރަޓަން ފުލްމޫން ރިސޯޓުގައްޔާއި ކުރަމަތި ރިސޯޓުގައި ހޭދަކޮށްފައިވެއެވ.ެ

މީގެ އިތުރުން ރަޝިއާގެ ނޫސްވެރިންގެ ޓީމެއްވެސް މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައިސްފައިވާ ކަމަށާއި އެގައުމުގެ އެންމެ މަގުބޫލު ޕަބްލިކޭޝަންތަކުގެ ޗީފް އެޑިޓަރުންގެ ދަތުރުގައިވެސް ރާއްޖެ ޕްރޮމޯޓުކޮށް ރަަޝިއާ މާކެޓަށް ރާއްޖެ އިތުރަށް އިޝްތިހާރު ކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

ރަޝިއާގެެ ޓީމުން ހޭދަކުރާނީީ ޝެރަޓަންގެ އިތުރުން ރޮބިންސަން ކްލަބް ނޫނު ރިސޯޓުގައެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އެންމެެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ރަޝިއާ އެވެ. މިދިޔަ އަހަރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ރަޝިއާ އިންނެވެ. މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމަކީވެސް އެއީ އެވެ.

މީގެ އިތުރުން ސީއައިއެސް ރީޖަންގައި ހިމެނޭ ކަޒަކިސްތާނާއި، ޔޫކްރެއިން އަކީ މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް މާކެޓުގެ ތެރޭ ހިމެނޭ ގައުމުތަކެވެ.

މި ސަރަހައްދުގެ މާކެޓުތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް އިތުރު މަސައްކަތްތައް ކުރާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

comment ކޮމެންޓް