ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ ހަވާ އަރުވަނީ

ރާޅުގަނޑު ސަރަހައްދުގައި މީގެ ކުރިން ހަވާ އަރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމިއްލަ ފަރާތަކުން އެދިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ، މިރޭ 20:00ގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސިފައިންގެ ކޯޕަރޭޓިވް، ސިފްކޯއިން ފަސް މިނެޓަަށް ހަވާ އަރުވާނެ ކަމަށެވެ.

އެކަން ކޮށްދެނީ އަމިއްލަ ފަރަތަކުން އެދިގެން ވިޔަފާރި އުސޫލުން ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެ އެވެ.

ހަވާ އަރުވައި ދިނުމަކީ ސިފްކޯއިން ފޯރުކޮށްދޭ ހިދުމަތެކެވެ. މީގެ ކުރިންވެސް އަމިއްލަ ފަރާތްތަކުން އެދިގެން އެކިއެކި ހަފްލާތަކަށް މާލޭގައި ސިފްކޯއިން ހަވާ އަރުވާދީފައިވެ އެވެ.

comment ކޮމެންޓް