ދެ ބަނދަރެއްގެ މަސައްކަތް އެމްޓީސީސީ އަށް

ދެ ބަނދަރެއްގެ މަސައްކަތް އެމްޓީސީސީ އަށް

ހއ ދިއްދޫ ބަނދަރުގެ މަސައްކަތާއި މ މުލަކުގައި ތަރައްގީ ކުރާ މިފްކޯ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

މުލަކުގައި މިފްކޯގެ ޕޯޓެއް ތަރައްގީ ކުރުމުގެ މެ ދަށުން މަޝްރޫއުގެ ދަށުން 22،240 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 8،640 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 3،200 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެއެވެ.

މި މަޝްރޫއުގެ އަގަކީ 56.13 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއު ނިންމަން ހަމަޖެހިފައިވަނީ 300 ދުވަސްތެރޭ ގައެވެ

ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ ދަށުން 78 ހާސް ކިޔުބިކް މީޓަރުގެ ސަރަހައްދެެއްގެ ބަނދަރު ފުންކޮށް 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލައި، 616 ީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލަ ތޮށި ޖަހާނެއެވެ.

މީގެ އިތުރުން ބޭރު ތޮށީގެ ބަނދަރު ފަރާތުގައި ދެ ކޮންކްރޯޓް ޖެޓީ އަޅާ ރޭމްޕު ހަދާނެއެވެ.

އެއް އަހަރުގެ ތެރޭ ނިންމަން ހަވާލުކުރި މި މަޝްރޫއގުގެ އަގަކީ 69.8 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް