ރައީސް ޔާމީންގެ މަންމާފުޅު ކޮވިޑަށް ފަރުވާ ހޯއްދަވަނީ

ރައީސް ޔާމީންގެ މަންމާފުޅު ---

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މަންމާފުޅު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އާއިލާގެ ބޭފުޅުންނާއެކު ސްރީލަންކާގައި ދިރިއުޅުއްވާ ރައީސް ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން ކޮވިޑަށް ޕޮޒިޓިވްވެ ލަންކާގެ ހޮސްޕިޓަލެއްގައި ދަނީ ފަރުވާ ހޯއްދަވަމުންނެވެ.

އެކަން އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ރައީސް ޔާމީންގެ މަންމާފުޅު ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދަވަމުންދާއިރު އުމުރުފުޅަކީ 83 އަހަރެވެ.

މިފަހުން ސިއްހީ ހާލުކޮޅު ގޯސްވެެގެން ވެސް އެކަމަނާ އަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.

ރައީސް ޔާމީން ގެންދަވަނީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

comment ކޮމެންޓް