މަސައްކަތެއް ކުރުމަށް ހުޅުމާލެއިން ފެންކަނޑާލަނީ

ފެބްރުއަރީ 2، 2019: ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސައްކަތެއް ކުރުމަށްޓަކައި މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ ވަކި ގަޑިތަކެއްގައި ހުޅުމާލެއިން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ފެން ކުންފުނި އެމްޑަބްލިއުއެސްސީއިން ބުނެފި އެވެ.

ފެން ކުންފުނިން ބުނީ މާދަމާ ރޭ ހުޅުމާލޭގެ މެއިން ވޯޓާ ޑިސްޓްރިބިއުޝަން ސިސްޓަމްގެ އަޕްގްރޭޑިން މަސައްކަތްތަކެއް ކުރިއަށްދާނެ ކަމަށެވެ.

އެ މަސައްކަތް ކުރުމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ 11:00 އިން ދަންވަރު 3:00އަށް ހުޅުމާލޭގެ ފޭސް އެކަކާއި ދޭކުން ވެސް ފެން ކަނޑާލާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފަ އެވެ.

comment ކޮމެންޓް