ހުޅުމާލެއިން ގިނަ އަދަދެއްގެ ރާ ފުޅިތަކެއް އަތުލައިގެންފި

ފުލުހުން އަތުލައިގަތް ރާ ފުޅިތައް ---

ހުޅުމާލެއިން ގިނަ އަދަދެއްގެ ރާ ފުޅިތަކެއް ފުލުހުން އަތުލައިގެންފި އެވެ.

ރާ ފުޅިތަައް އަތުލައިގެންފައި ވަނީ، މިރޭ 8:45ހާއިރު ހުޅުމާލޭ ސިޓީ ބޭކަރީ ކައިރިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބަނގުރާ ހުރި ކަމަަށް ތުހުމަތު ކުރެވިގެން ހުޅުމާލޭގައި އުޅަނދެއް ހުއްޓުވައި ބަލާ ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މަންޒަރުދުށް މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި ކާރެއް ހުއްޓުވައި ފުލުހުން ދަނީ އެ ސަރައްހަދުގައި ހަރަކާތްތެރިވަމުންނެވެ.

ފޮޓޯއިން ފެންނަ ގޮތުގައި އެ ރާ ފުޅިތައް ހުރި ފޮށިތަކަށް އަޅައި ބަންދުކޮށްފައެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

މީގެ ކުރިންވެސް މިގޮތަށް ހުޅުމާލެ ޖެޓީން ކާރުގައި ރާ ފުޅިތައް އުފުލަމުން ދަނިކޮށް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

comment ކޮމެންޓް