އޭދަފުށީ މަގުހެދުމުގެ 90 ޕަސެންޓު ނިމިއްޖެ

އޭދަފުށި މަގުހެދުމުގެ މަސައްކަތުގެ 90 ޕަސެންޓް ވަނީ ނިމިފައި --- ފޮޓޯ: އެމްޓީސީސީ

ބ. އޭދަފުށީ މަގު ހެދުމުގެ މަޝްރޫއުގެ 90 ޕަސެންޓު ނިމިއްޖެއެވެ.

އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީ އިން ބުނީ އޭދަފުށި މަގު ހެދުމުގެ މަސައްކތުގެ ދަށުން މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މީގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީ އިން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން، ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި، މަގުތަކުގައި ތާރު އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މިއި 39.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

comment ކޮމެންޓް