ފާހިޝް ކަންކަމަށް ހިތްވަރު ލިބޭ ކޮންޓެންޓު އާންމު ނުކުރަން ނަސޭހަތް

މިޑިއާ ކައުންސިލްގެ މެންބަރުން -- ފޮޓޯ :އެމްއެމްސީ

ފާހިޝް ކަންކަމަށް ހިތްވަރު ލިބެފަދަ ކޮންޓެންޓު އަންމު ނުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.

އެ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަހަކަށް އައިސް ބައެއް މީޑިއާތަކުން ހަބަރާއި މައުލޫމާތު ފެތުރުމުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ބޭއަދަބީ ބަހުރުވައާއި މުޖުތަމައުގެ އަހުލާގީ މިންގަނޑާ ނުގުޅޭ ފޮޓޯ އަދި ބަދުއަހުލާގީ އަމަލުތަކާ ޖިންސީ އަމަލުތަކަށް ހިތްވަރުލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓު ތައްޔާރުކޮށް ޝާއުއު ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މީޑިއާ ކައުންސިލުން ބުނީ ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާޢި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިއު ކުރުމުން ދުރުހެލިވާންޖެހޭ ކަމަށް ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނުގެ ނުވަ ވަނަ މާއްދާ ބުނާ ކަމަށެވެ.

އަދި ހަބަރާއި މައުލޫމާތު ފެތުރުމުގައި އާންމު އިޖުތިމާއީ މިންގަނޑަށް ނުފެތޭ ހަޑިހުތުރު ބަސްބޭނުން ނުކުރަން އެ މިންގަނޑުގެ 10 ވަނަ މާއްދާ ބުނާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"އެހެންކަމުން މިޑިއާތަކުން ކޮންމެ ބާވަތެއްގެ ހަބަރާއި މައުލޫމާތު ފެތުރުމުގައިވެސް މި މިންގަނޑާ އެއްގޮތަށް ކޮންޓެންތު ގެނެސްދީ، ރިވެތި ބަސްމަގު ބޭނުންކުރުމަށާއި މުޖުތަމައުގެ އަހުލާގީ މިންގަނޑާ ާއެކަށޭނަ ފޮޓޯ ބޭނުންކުރުމަށް އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

މީޑިއާ ކައުންސިލުން ބުނީ މީޑިއާގައި ޝާއިއުކުރާ ހުރިހާ ކޮންޓެންޓަކީ ރާއްޖޭގެ ހުރިހާ އުމުރުފުރައަކާވެސް ފޯރާނެ ތަކެތިކަމަށްވާތީ، އެ ކޮންޓެންޓުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަސަރު ފޯރުމަކީ ވެދާނެ ކަމަކަށްވާތީ ނޫސްވެރިންނައި އެޑިޓަރުން އެފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

އަދި މީޑިއާގެ އަހުލާގީ މިންގަނޑަށް ނުފެތޭ ފޮޓޯއާއި ހަބަރު އަދި ބޭއަދަބީ ބަހުރުވައާއިޖިންސީ އަމަލުތަކަށް ހިތްވަރުލިބޭ މޭރުމުން ކޮންޓެންތު ޝާއިއު ކުރާނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑާ ހިލާފު ކޮންޓެންޓެއްގެ މައްސަލައިގައި އޮންލައިން ނޫހަކުން މައާފަށް އެދެން އެމްއެމްސީ އިން ވަނީ މިފަހުން އަންގައިފައެވެ.

https://sun.mv/148313

comment ކޮމެންޓް