މާދަމާ މަޖިލީހުގައި އޮތީ ނާޗަރަންގީ ޖަގަހަތައް ހެދުމާ ގުޅޭ ބަހުސް

މަޖިލިސް ޖަލްސާއެެއްގެ ތެރެއިން: މާދަމާގެ ޖަލްސާގައި އޮތީ މަޖާކުުރުމުގެ މަރުކަޒު ގައިމްކުރުމާ ގުޅޭ ބަހުސް --- ފައިލް ފޮޓޯ/ މަޖިލިސް

ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، ހާސްކަމެއް ނެތި މަޖާކޮށްލައި، އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށް ގޮވާލާ ގާރާރާ މެދު ބަހުސްކުރަން މާދަމާގެ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އެ ގާރަރަކީ، މަޖިލީހުގެ މިދިޔަ ދައުރުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރެކެވެ.

ޗުއްޓީއަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު މަޖިލިސް ހުޅުވި ފަހުން މާދަމާ ފުރަތަމަ ބާއްވާ ޖަލްސާގައި ބޮޑު ކަމަކަށް އޮތީ އެ ގަރާރުގެ އިބްތިދާއީ ބަހުސް އެވެ.

ގަރާރުގެ ތައާރަފްގައި ބުނެފައި ވަނީ، މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަކަށް ސަރުކާރުން ހައްލު ހޯދަމުންދާއިރު އެ ގަރާރުގެ ބޭނުމަކީ އެފަދަ މަރުކަޒެއް ގާއިމް ކުރުމަކީ ޒުވާނުންގެ މިޔުޒިކްގެ ފަންނު އިތުރަށް ތަރައްގީކުރުމާއި އެފަދަ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކޮށް އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރައްވަމުން ގެންދަވާ ހަސަން ލަތީފުގެ ގާރާރުގައި ބުނީ، މާލެއަށް ދިމާވެފައިވާ މައްސަލަތަކަކީ އެ މައްސަލަތަކުން އަރައިގަތުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ މައްސަލަތަކެއް ކަމަށެވެ. އެގޮތުން މާލޭގެ ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތަކުގެ ކާރޫބާރޫ ބޮޑުކަމާއި ވަޒީފާގެ ފުރުސަތުތައް ނެތްކަން އޭނާ ފާހަގަ ކުރެއް ވިއެވެ. ސަރުކާރުން އެކަންކަމަށް ހައްލު ހޯދަމުންދާއިރުވެސް، ހާސްކަމުގެ ތެރޭގައި މާލޭގައި އުޅެން ޖެހިފައިވާ ޒުވާނުންނަށް އެ ހާސްކަމުން މިންޖުކުރެވޭނެ މަރުކަޒެއް ބޭނުންވެފައިވާކަން ގަރާރުގައި ބުނެފައިވެ އެވެ.

"ޒުވާނުންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު ހީނ، ސަމާސާކޮށް، މަޖާކޮށްލެވޭ ފަދަ މާހައުލެއް މިޔުޒިކް އަޑުއަހާލައި، ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް މިވަނީ އިންތިހަށް ބޭނުންވެފަ އެވެ. ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުން އެއްވެ އުޅެވޭނެ ތަނެއްގެ މުހިންމުކަން [މިވަނީ] އިތުރުވެފައި،" އެމްޑިޕީގެ ފުރަތަމަ ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރާ ބޭހޭ ވަޒީރު ހަސަން ލަތީފުގެ ގަރާރުގައި ބުނެފައިވެ އެވެ.

https://sun.mv/144839

މަޖިލީހުގެ މާދަމާގެ ޖަލްސާގައި ދެން އޮތީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމާއި ޓެކްސް އެޕީލް ޓްރަބިއުނަލްގެ މެމްބަރުކަމަށް އައްޔަން ކުރުމަށް ރައީސް ފޮނުއްވި ނަންތައް ދިރާސާކުރުމަށް ކަމާ ގުޅުންހުރި ކޮމިޓީތަކަށް ފޮނުވުމެވެ.

މާދަމާގެ ޖަލްސާއަކީ ދެ މަސްދުވަހުގެ ޗުއްޓީ ނިންމި، މިއަހަރަށް މަޖިލިސް ހުޅުވުމަށްފަހު، ބާއްވާ ފުރަތަމަ ޖަލްސާއެވެ. މަޖިލިސް މިއަހަރަށް ހުޅުވީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ.

comment ކޮމެންޓް