ކްރޫ މެންބަރަކަށް ކޮވިޑް ޖެހި "ފެންޓާސްޓިކް ބީސްޓްސް 3" ހުއްޓުމުކަށް

ފިލްމުގެ މަންޒަރެއް---

ވާނާ ބްރޯޒް ޕިކްޗާސް އިން ގެނެސްދޭ ފިލްމު ފެންޓާސްޓިކް ބީސްޓްސްގެ ތިންވަނަ ބައިގެ ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށް ދަނިކޮށް ކްރޫ މެންބަރަކު ކޮވިޑް އަށް ޕޮޒިޓިވްވުމާ ގުޅިގެން ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް މެދުކަނޑާލަން ޖެހިއްޖެއެވެ.

ވާނާ ބްރޯޒް އިން ބުނީ ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް ކުރިއަށް ދަނިކޮށް ޓިމް މެންބަރަކު ޕޮޒިޓިވްވި ކަމަށާއި އަދި މިހާރު ކުރިއަށްދަނީ އޭނާ އާ ބައްދަލުވި އެންމެން ޓެސްޓްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިވަގުތު ޕޮޒިޓިވްވި މެންބަރު ހުރީ އައިސޮލޭޝަނުގައި ކަމަށްވެސް ވާނާ ބްރޯޒް އިން ވަނީ ބުނެފައެވެ.

މި ފިލްމަކީ އަންނަ އަހަރުގެ ޖުލައި މަހު ސްކްރީންކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޭކޭ ރޯލިންގެ ވާހަކައެއްގެ މައްޗަށް އުފައްދާ އެ ފިލްމުގެ ޑައިރެކްޓަރަކީ ޑޭވިޑް ޔަޓްސް އެވެ.

ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ މެކްޔޫއެސްއޭ ނުބައި ޖާދޫގަރު ގްރިންޑަލްވާލްޓް ހައްޔަރުކުރި ތަނެވެ. ފިލްމުގެ ދެވަނަ ބައި މިދިޔަ އަހަރު ފަހުކޮޅު ގެނެސްދީފައިވެއެވެ. މި ފިލްމުގެ ފުރަތަމަ ބައި ނުކުތީ 2016 ވަނަ އަހަރުއެވެ.

comment ކޮމެންޓް