އަކްޝޭގެ "ސޫރިޔަވަންޝީ" އަންނަ އޭޕްރިލް މަހު

ސޫރިޔަވަންޝީ---

ވަރުގަދަ ކާސްޓަކާއެކު މިއަހަރު ރިލީޒްކުރަން ނިންމު ފިލްމު "ސޫރިޔަވަންޝީ" ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފިއެވެ.

އަންނަ އޭޕްރިލް މަހުގެ ދެވަނަ ދުވަހު ފިލްމު ސިނަމާތަކުގައި އަޅުވާނެ ކަމަށް ޚަބަރުތައް ބުނި ނަމަވެސް މިކަމާ ގުޅޭގޮތުން އެެއްވެސް ރަސްމީ ފަރާތަކުން ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ. ނަމަވެސް ޚަބަރުތައް ބުނާގޮތުގައި ފެށޭ ހަފްތާގައި މި ފިލްމު ރިލީޒްކުރާ ދުވަސް ރަސްމީކޮށް އިއުލާންކުރާނެއެވެ.

އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި އަކްޝޭ އާއެކު ދެން ފެނިގެންދާނީ ރަންވީރު ސިންހް އާއި އަޖޭ ދޭވްގަންއެވެ. އަދި ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ކެޓްރީނާ ކައިފްއެވެ.

"ސޫރިޔަވަންޝީ" އަކީ"'ސިންގަމް" އަދި "ސިމްބާ" ގެ ސްޕިން-އޯފް އެކެވެ. އަދި އެއީ ވެސް "ސިންގަމް" ސީރީޒްގެ ފިލްމެއް ކަމަށް ރޯހިތު ވަނީ ބުނެފަ އެވެ. އެ ފިލްމުގައި އަކްޝޭ ފެނިގެންދާނީ "އޭޓީއެސް އޮފިސަރު ވީރް ސޫރިވަންޝީ" ކިޔާ ފުލުހެއްގެ ރޯލުންނެވެ.

އެކްޝަން ގިނަ މަންޒަރުތަކެއް ފެނިގެންދާ އެ ފިލްމުގައި ޓައިގާ ޝްރޮފްގެ ބައްޕަ ޖެކީ ޝްރޮފް ވެސް ފެނިގެންދާނެ އެވެ.

comment ކޮމެންޓް