މޯލްޑިވް ގޭސްގެ އެކްޓިން އެމްޑީ އިކްރާމްގެ މައްސަލައެއް ބަލަނީ

މޯލްޑިވް ގޭސްގެ އެކްޓިން އެމްޑީ އަލީ އިކްރާމް --- ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

މޯލްޑިވް ގޭސްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކުރާމްގެ މައްސަލައެއް ބަލަން ފަށައިފި އެވެ.

މޯލްޑިވް ގޭސްގެ ބެލެނެވެރި ކުންފުނި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ އޮފިޝަލަކު ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ބަލަމުން ދަނީ ކޮން މައްސަލައެއްކަން އެސްޓީއޯ އިން ހާމައެއް ނުކުރެ އެވެ.

މޯލްޑިވް ގޭސްގެ އެކްޓިން އެމްޑީގެ މަގާމަށް އިކުރާމް ހަމަޖެއްސީ އެ މަގާމުގައި ހުންނެވި ޝަޒައިލް ޝިޔާމް ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ. އަދިވެސް ޝަޒައިލް ހުންނެވީ ސަސްޕެންޝަނުގަ އެވެ.

ޝަޒަައިލް ސަސްޕެންޑު ކުރީ، ރައީސް އޮފީހުގެ "ޒިރޯ ޓޮލަރެންސް" ޕޯޓަލްއަށް އޭނާއާ ދެކޮޅަށް ހުށަހެޅި ރިޝްވަތާއި ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެންނެވެ.

comment ކޮމެންޓް