ނައިބު ރަޝާދު ސްކޮލާޝިޕް އެވޯޑު 30 ދަރިވަރަކަށް

އެވިޑް ކޮލެޖުގެ ނައިބް ރަޝާދު ސްކޯލާޝިޕް 30 ދަރިވަރަކަށް ދީފި އެވެ.

މި ސްކޮލާޝިޕް ދީފައިވަނީ މާލޭ ކެމްޕަސްގަައި ކިޔަވާ 10 ދަރިވަރަކާ ތިނަދޫ ކެމްޕަސްގައި ކިޔަވާ 20 ދަރިވަރަކަށެވެ.

"ނައިބް ރަޝާދު ސްކޮލާޝިޕް" ނަމުގައި ފައުންޑޭޝަން ސްޓަޑީސްގެ ކުދިންނަށް ހާއްސަކޮށް ދޭ އެ ސްކޮލާޝިޕްއަކީ އެވިޑް ކޮލެޖުގެ ޗެއާމަންގެ އަބްދުﷲ މުޝްތާގް ގެ ބައްޕަ މުހައްމަދު ރަޝާދުގެ ނަމުގައި ދޭ އެވޯޑެކެވެ.

މި ސްކޮލާޝިޕް އެންމެ ފުރަތަމަ ދިނީ 2019 ވަނަ އަަހަރު އެވެ.

ސްކޮލާޝިޕް ހަވާލުކޮށްދެއްވުމަށްފަހު ދަރިވަރުންނާ މުހާތަބު ކުރައްވާ އެވިޑް ކޮލެޖުގެ ޗެއާމަން މުސްތާގު ވަނީ އަހުލާގު ރަނގަޅު ދަރިވަރުންތަކެއްގެ ގޮތުގައ ދެމިތިބުމަށް ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި މުޖުތަމައަށް ފައިދާހުރި ބަޔެއްގެ ގޮތުގައި މަސައްކަތުގެ މައިދާނަށް ނިކުތުމަށްވެސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

comment ކޮމެންޓް