ހަތަރުވަނަ ކުއާޓަރުގައި ދިރާގަށް 188 މިލިއަނުގެ ފައިދާއެއް

ދިރާގު

މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 188 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

ދިރާގުން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 621 މިލިއަން ރުފިޔާ އެވެ.

އެގޮތުން ދިރާގުގެ މޮބައިލް ހިދުމަތްތަކުން އާމްދަނީގެ ގޮތުގައި 366 މިލިއަން ރުފިޔާ ލިބުނުއިރު ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތުން 241 މިލިއަން ރުފިޔާ އަދި އެހެނިހެން ހިދުމަތްތަކުން 13,865 ރުފިޔާ އާމްދަނީ އަށް ލިބިފައިވެ އެވެ.

ރާއްޖޭގައި މޮބައިލްގެ ހިދުމަތާއި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ދިރާގަކީ ސަރުކާރާއި ރައްޔިތުން ބީޓީސީ އައިލެންޑް ލިމިޓެޑް ހިއްސާވާ ކުންފުންޏެކެވެ.

comment ކޮމެންޓް