ކޮވިޑާ އެކު ބީއެމްއެލްއަށް 362 މިލިއަން ރުފިޔާގެ ގެއްލުމެއް

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ކޮވިޑުގެ ބަލިމަޑުކަމާ ހުރެ މިދިޔަ 2020 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 326.4 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެއްޖެ އެވެ.

ބޭންކުން އާންމުކޮށްފައިވާ 2020 ވަނަ އަހަރުގެ ފަހު ކުއާޓާރުގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ ކުއާޓަރުގައި އެ ބޭންކަށް އާމްދަނީގެ ގޮތުގައި ލިބުނީ 728 މިލިއަން ރުފިޔާ އެވެ.

ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ބީއެމްއެލްއަށް 2.6 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު ޖުމްލަ އާމްދަނީ އަށް 2.7 ބިލިއަން ރުފިޔާ ލިބުނު ކަމަށް ހިސާބުތައް ދައްކަ އެވެ.

ޖުމްލަ ފައިދާގެ ގޮތުގައި 2020 ވަނަ އަހަރު ބީއެމްއެލް އަށް ލިބިފައިވަނީ 329 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު ޖުމްލަ ފައިދާއަށް އެއް ބިލިއަން ރުފިޔާ ބޭންކަށް ލިބުނެވެ.

މިދިޔަ އަހަރު ބީއެމްއެލް އަށް ގެއލްުން ވެފައިވަނީ ކޮވިޑް19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ހީނަރުކަމެއް އައިސްފައިވަނިކޮށެވެ.

ކޮވިޑުގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް މިދިޔަ އަހަރު ތެރޭ ބޭންކުން ވަނީ ވިޔަފާރިތަކަށް ތިން ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ.

comment ކޮމެންޓް