މާމިގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

މިއަދު ނައްތާލި މާމިގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި ބިއަރު ދަޅުތައް-- ފޮޓޯ/ޕޮލިސްލައިފް

އދ. މާމިގިލި ޕޮލިސް ސްޓޭޝަން ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި އެވެ.

ފުލުހުން ބުނީ މިއަދުގެ ވަގުތެއްގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ބަނގުރަލާއި ބިއަރު ދަޅުތަކެއް ކަމަށެވެ.

އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު 11 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެތި ކަމަށްވެސް ފުލުހުން ބުނެ އެވެ.

މިއަދު ނައްތާލި ތަކެތީގެ ތެރޭގައި 37 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 62 ފުޅިބަނގުރަލާއި 21 ދަޅު ބިޔަރު ހިމެނެ އެވެ.

comment ކޮމެންޓް