ސްނައިޑާ ކަޓް ރިލީޒް ކުރަނީ މާޗު މަހު 18ގައި

ވޯނާ ބްރޮސް އިން 2017 ވަނަ އަހަރު ނެރުނު ޑީސީގެ ޖަސްޓިސް ލީގުގެ އޮރިޖިނަލް ޑައިރެކްޓަރު ޒެކް ސްނައިޑާގެ ފިލްމުގެ ކަޓް އަންނަ މާޗު މަހުގެ 18 ގައި ޕްރިމިއާ ކުރުމަށް ތައްޔާރުވެއްޖެ އެވެ.

ޑީސީގެ ޖަސްޓިސް ލީގު އަކީ 2017 ވަނަ އަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ އެއް ފިލްމެވެ. ނަމަވެސް އެންމެ ފަހު ވަގުތު ދިމާވި މައްސަލަތަކަކާ ގުޅިގެން ފިލްމުގެ އޮރިޖިނަލް ޑައިރެކްޓަރު ޒެކް ސްނައިޑާ ވަނީ ޓީމާ ވަކިވެފައެވެ. އޭގެ ބަދަލުގައި އެންމެ ފަހުން ފިލްމުގެ ޑައިރެކްޝަނުގައި ހުރީ ޖޮސް ވީޑެން އެވެ.

ޖޮސް ވީޑަން ފިލްމުގެ ޑައިރެކްޝަނުގައި އެ ފިލްމުގެ އެޑިޓިން ސްޓޭޖުގައި ބޮޑެތި ބަދަލުތައް ގެނަ އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ފިލްމުގެ ކޮލިޓީ ވެއްޓި އާންމުންގެ ތެރެއިން ފިލްމަށް ފާޑުކިޔުން ލިބުމެވެ. އެ ފިލްމު ބޮކްސް އޮފީހުގައި ކާމިޔާބުވިނަމަވެސް ބެލުންތެރިންގެ ރިވިއުތަކުގައި އެ ފިލްމު ވެގެން ދިޔައީ ބޮޑު ފްލޮޕަކަށެވެ.

އެއާއެކު ފިލްމުގެ ޒެކް ސްނައިޑާ ކަޓް ނެރުމަށް އެތައް ބަޔަކު ޕެޓިޝަން ނެރެ ހެދިއެވެ. އެންމެފަހުން އެ ހަގީގަތަކަށްވެ ފިލްމު ނެރުމަށް ތައްޔާރުވެއްޖެއެވެ.

ޒެކް ސްނައިޑާ ކަޓް މާޗު މަހު ނެރޭއިރު އެ ފެނިގެންދާނީ ވޯނާ ބްރޯސްގެ ދަށުގައި އޮންނަ ސްޓްރީމިން ސާވިސް ކަމަށްވާ އެޗްބީއޯ މެކްސް އިންނެވެ.

އަލަށް ނެރޭ ފިލްމަކީ ދިގު ފިލްމަކަށް ވާނެއެވެ. އަދި އެ ފިލްމުގައި މީގެކުރީން ފެނިގެން ގޮސްފައި ނުވާ އެތައް މަންޒަރުތަކެއް ހުންނާނެ ކަމަށްވެސް ސްނައިޑާ ބުނެއެވެ.

comment ކޮމެންޓް