ޑަޔާނާގެ ރޯލު ކުޅޭ ކްރިސްޓިން ގެ ލުކް ދައްކާލައިފި

ޑަޔާނާގެ ގޮތުގައި ކްރިޓިން--

ޕްރިންސަސް ޑަޔާނާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ސްޕެންސާ"ގައި ބަތަލާ ކްރިސްޓިން ސްޓްވާޓް ފެނިގެންދާ ގޮތް ދައްކާލައިފި އެވެ.

"ޓްވައިލައިޓް" ފަދަ ފިލްމުތަކުން ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ބަތަލާ ކްރިސްޓެން އެ ފިލްމުގެ ލީޑު ރޯލު ކުޅޭއިރު މި ފިލްމު ޑައިރެކްޓްކުރަނީ ޕަބްލޯ ލެރައިނެވެ. މި ފަހަރުގެ ޑަޔާނާގެ ވާހަކަ ކިޔައިދޭ ފިލްމުގައި ގެނެސްދޭނީ ޑަޔާނާ އާއި ޕްރިންސް ޗާލްސްގެ ނާކާމިބު ކައިވެނީގެ ހަޔާތުގެ ވާހަކަ އެވެ. ޕްރިންސެސް ޑަޔާނާ އާއި ޕްރިންސް ޗާލްސް 1981 ގައި ކުރެއްވި ކައިވެނި ނިމުމަކަށް އައީ 1992ގަ އެވެ.

ފިލްމުގައި ކްރިސްޓިން ފެނިގެންދާ ގޮތް ދައްކާލިއިރު އޭނާ ހުރީ ރަތް ކުލަ އާ ކަޅު ކުލައިގެ ކޮސްޓިއުމެއްގައި ބޮލުގައި ތޮތްޕެއްވެސް އަޅައިގެންނެވެ. އަންނަ އޮގަސްޓް މަހުގެ ފަހުކޮޅު ނުވަތަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ފިލްމުގެ މަންޒަރުތައް ނަގަން ވަނީ ނިންމާފައެވެ. އިނގިރޭސިވިލާތާއި ޖަރުމަނުގެ ހިތްގައިމު މާހައުލުގައި ފިލްމުގެ ޝޫޓިން ކުރިއަށްދާއިރު މި ފިލްމުގެ ޑައިރެކްޓަރަކީ ޕަބްލޯ ލެރައިން އެވެ.

ޑަޔާނާގެ ގޮތުގައި ކްރިޓިން ދައްކާލިއިރު ގިނަ ބަޔަކު ވަނީ ފަސްޓްލުކް އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. އަދި ފިލްމު ބަލަން ކެތްމަދުވެފައިވާ ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ޗާލްސް އާއި ޑަޔާނާއަށް ލިބިލެއްވީ ދެ ފިރިހެން ދަރިކަލުންނެވެ. އެއީ ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމް އެވެ. ޑަޔާނާ އަވަހާރަވީ 1997 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައެވެ.

comment ކޮމެންޓް