ތާޖު ކޮރަލް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތާޖް ކޮރަލް ރިސޯޓްގެ ވޯޓާ ވިލާގައި އަލިފާން ރޯވެ އަނދަނީ --- ފޮޓޯ/ އެމްވީކްރައިސިސް

ތާޖް ކޮރަލް ރިސޯޓްގެ ވޯޓާ ވިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށްޓަކައި އެމްއެންޑީއެފްގެ ފަޔާ ޓީމް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ މިރޭ 22:44 އެހައިކަންހާއިރު ކަމަށެވެ.

އަލިފާން ކޮންޓްރޯލް ކުރެވިފައި ވަނީ އެ ރިސޯޓުގެ މުވައްޒަފުން ކުރި މަސައްކަތުން ކަމަށް އާޒިމް ވިދާޅުވި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނުކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. އަދި އަލިފާން ރޯވީ ކީއްވެކަމެއް ވެސް ސާފެއް ނުވެ އެވެ.

comment ކޮމެންޓް