އޭސީސީގެ އިދާރާ ސަކީނާމަންޒިލަށް ބަދަލުކުރަނީ

އޭސީސީގެ ނަމްބޯޑު -- ސަން ފައިލް ފޮޓޯ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހިންގާ އިމާރާތް ހ. ސަކީނާމަންޒިލަށް ބަދަލުކޮށްފި އެވެ.

މީގެ ކުރިން އޭސީސީ ހިންގަމުން ގޮސްފައި ވަނީ، އަމީރު އަހުމަދު މަގުގައި ހުންނަ ހުރަވީ ބިލްޑިންގެ ދެވަނަ ފަންގިފިލާގަ އެވެ.

މިއަދު އޭސީސީއިން ބުނެފައި ވަނީ، އެ ކޮމިޝަނުގެ އިދާރާ، މެދުޒިޔާރަތް މަގުގައި ހުންނަ ހ. ސަކީނާމަންޒިލަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 31 ވަނަ ދުވަހުން ފެށިގެން އޭސީސީގެ އިދާރާ ހިންގަމުން ގެންދާނީ އެ އިމާރާތުގައި ކަމަށް ބުނެފައި އެވެ.

އޭސީސީއިން ބުނި ގޮތުގައި އެ ކޮމިޝަނުގެ ރިސެޕްޝަން ދެން ހުންނާނީ ސަކީނާމަންޒިލްގެ ތިން ވަނަ ފަންގިފިލާގަ އެވެ.

އޭސީސީގެ އިދާރާ ހިންގަމުންދާ ހުރަވީ ބިލްޑިންއަކީ ބާވުމުގެ ސަބަބުން މީގެ ކުރިން އެތައް ފަހަރަކު މަރާމާތުކޮށްފައިވާ ތަނެކެވެ.

comment ކޮމެންޓް