ހުޅުމާލޭގެ އިތުރު މަގުތަކެއް އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރަނީ

ހުޅުމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގެ އިތުރު މަގުތަކެއްގެ ޓްރެފިކަށް ބަދަލު ގެނެސް އެއްކޮޅަށް ދުއްވާ މަގުތަކެއްގެ ގޮތުގައި ހަމަޖައްސަން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލޭގެ ހުރިހާ މަގުތަކަކީވެސް ހުރިހަ ފަރާތްތަކަށް ފަސޭހަ، ރައްކާތެރި ކަމާއެކު ބޭނުންކުރެވޭނެ މަގުތަކަކަށް ހެދުމަށްޓަކާ ކަމާ ބެހޭ މުވައްސަސާތަކާ އެކު މަޝްވަރާކޮށް، ހަ މަގެއް އެއްކޮޅަށް ދުއްވާ މަގުގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ ކުރިންވެސް އެޗްޑީސީ އިން ވަނީ ހުޅުމާލޭގެ 13 މަގެއްގެ ޓްރެފިކަށް ބަދަލުގެނެސް އެއްކޮޅަށް ދުއްވާ މަގުގެ ގޮތުގައި ހަމަޖައްސައިފައެވެ.

ހުޅުމާލޭގެ މަގުތަކަކީ ފަސޭހައިން ބޭނުން ކުރެވޭނެ މަގުތަކަކަށް ހެދުމަށް އެޗްޑީސީ އިން ޕްލޭނެއް އެކުލަވާލާ، އެ ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޗްޑީސީ އިިން ވަނީ ބުނެފައެވެ.

comment ކޮމެންޓް