ހިތަދޫ ނެރުމައްޗަށް ދޯންޏެއް އުރިއްޖެ

ނެރުމައްޗަށް އުރުނު ދޯނި --

އައްޑޫ ސިޓީ، ހިތަދޫ ނެރުމައްޗަށް ފަރުމަސްވެރިކަން ކުރާ ދޯންޏެއް އުރިއްޖެ އެވެ.

އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބުނީ މިއަދު ހެނދުނު 9:53ހާއިރު އެވެ

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަހްމަދު އާޒިމް ވިދާޅުވީ، ހިތަދޫ ނެރުމަށްޗަށް އުރުނީ "ކޯމަސް" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އެ ދޯނި ފުން ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދޯނިގައި އެވަގިތު ތިބި ދެ ދިވެހިންނާއި ފަތުރުވެރިޔެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެއްވެސް މީހަކަށް ގެއްލުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް