ދުވާފަރު މަގުތަކުގައި ތާރުއަޅައި ނިންމާލައިފި

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއު— ފޮޓޯ/ އެމްޓީސީސީ

ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީއިން ބުނީ ތާރު އެޅުމުގެ މަސައްކަތް ނިމުމާއެކު މުޅި މަޝްރޫއުގެ 90 ޕަސެންޓް މަސައްކަތް ނިންމާލެވިފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާންތަކާއި ކަފިހި ހުރަސް އަދި ސްޕީޑު ބްރޭކަރު ހަރުކުރުމުގެ އިތުރުން މަގުތައް ސާފު ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީއިން ބުންޏެވެ.

މި މަޝްރޫއުގައި ހިމެނޭ މަސައްކަތްތަކަކީ؛

  • ފައިމަގުގައި ހިނގޭ ގޮތަށް 6813 އަކަމީޓަރުގެ ސަރަހައްދެއް ގާއިމުކުރުން
  • މަގުގައި ދުއްވޭ ގޮތަށް 25،513 އަކަމީޓަރުގެ ސަރަހައްދެއް ގާއިމުކުރުން
  • މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާންތައް ހަރުކުރުން

މި މަޝްރޫއުގެ އަގަކީ 47.04 މިލިއަން ރުފިޔާ އެވެ.

comment ކޮމެންޓް