މާލެއިން 93 މީހަކާއެކު މިއަދު 145 މީހުން ޕޮޒިޓިވް

ޖެނުއަރީ 25، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ 24 ގަޑިއިރު ތެރޭ 145 މީހަކު ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި ތަފާސް ހިސާބަށް ބަލާއިރު މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 93 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 14 މީހުންގެ އިތުރުން ރިސޯޓުތަކުން ޕޮޒިޓިވްވި 36 މީހުންނާއި ސަފާރީ އުޅަނދުތަކުން ޕޮޒިޓިވްވި ދެ މީހެކެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 15،247 އަށް އަރައިފައެވެ.

މިވަގުތު 1،273 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުންދާއިރު 93 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެެވެ.

ރައްޖެއިން ޖުމްލަ 13،916 މީހަކު ބަލިން ރަނގަޅު ވެފައވާއިރު މިދިޔަ 24 ގަޑިއިރު ތެރޭ 32 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިބަލީގައި ރާއްޖެއިން 51 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް