ވަގުތީ ގޮތުން ކަޕިލް ޝަރުމާ ޝޯ ހުއްޓާލަން ނިންމައިފި

ދަ ކަޕިލް ޝަރުމާ ޝޯގެ އެޕިސޯޑެއް---

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ހުށަހަޅައިދޭ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ" ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފިއެވެ.

މަސްދުވަހުގެ މުއްތަކަށް މި ޝޯ މެދުކަނޑާލަން ނިންމީ ޝޯއަށް އިތުރު ޝައުގުވެރި ބަދަލުތަކެއް ގެނައުމަށެވެ. މިދުވަސްވަރު މި ޝޯ ބަލާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށްވެފައިވާއިރު ޝޯގެ ޕްރޮޑަކްޝަން ޓީމުން ނިންމީ ޝޯ އިތުރަށް ފުރިހަމަކުރުމަށްފަހު އާ ސީޒަނެއް ގެނެސްދިނުމަށެވެ.

ކަޕިލް ޝަރުމާ ޝޯ މެދުކަނޑާލަން ނިންމި އަނެއް ސަބަބަކީ މި ޝޯ ހުށައަޅައިދޭ ހޯސްޓް ކަޕިލްގެ އަންހެނުން ބަނޑުބޮޑުވެ އާއިލާ އާއެކު ވަގުތު ހޭދަކުރަން ބޭނުންވުމެވެ.

ދެއަހަރުގެ މުއްދަތަކަށް ޝޯ ކުރިއަށް ގެންދިޔުމަށްފަހު އަނެއްކާވެސް ޝޯ މެދުކަނޑާލަން ނިންމި އަނެއް ސަބަބަކީ ކޮވިޑްގެ ސަބަބުން ޝޯއަށް ލައިވް އޯޑިއަންސް ނުގެނެވުމެވެ. ހަމައެއާއެކު ފިލްމުތަކުގެ ޕްރޮމޯޝަންތައް މަދުވުމާއެކު ޝޯގައި ތަރިން ބައިވެރިވުން ވަރަށް ބޮޑުތަން މަދެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު