މިއަދުވެސް ކޮވިޑް ކޭސްތައް 100އިން މަތީގައި

ކޮވިޑް ރެންޑަމް ސާމްޕަލް ،މިއަދު ނަގަނީ: މިއަދު 100އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުވެސް ރާއްޖެއިން ކޮވިޑް19އަށް 100އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕިއޭއިން އާންމު ކުރި ތަފާސް ހިސާބުތަކުން މިއަދު 109 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވެއްފައެވެ. އިއްޔެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 108 މީހުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ނެގި 4،742 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ ސަރަހައްދުންނެވެ. އެގޮތުން މާލެ ސަރަހައްދުން 78 މީހަކު ޕޮޒިޓިވްވި އިރު، ރިސޯޓުތަކުން 20 މީހަކު އަދި އަތޮޅު ތެރެއިން 11 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ އިތުރުން ސަފާރީއަކުން އެކަކު ވަނީ ޕޮޒިޓިވެފަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 15،000 ހުރަސްކޮށްފައެވެ. މިހާތަނަށް ޕޮޒިޓިވްވި، 15،102 މީހުންގެ ތެރެއިން 13،884 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 1،160 އެވެ. އޭގެ ތެރެއިން 87 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 51 އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް