ޝާހިދު ކަޕޫރާއެކު މިފަހަރު ރާޝީ

ޝާހިދު ކަޕޫރާއެކު މި ފަހަރު ފެނިގެންދާނީ އެކްޓްރަސް ރާޝީ---

ބޮލީވުޑްގެ މަގްބޫލު އެކްޓަރު ޝާހިދު ކަޕޫރު އާ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފިއެވެ.

ދާދިފަހުން ފިލްމު "ޖާޒީ"ގެ ޝޫޓިން ކާމިޔާބުކަމާއެކު ނިންމާލި ޝާހިދު މިފަހަރު ހަރަކާތްތެރިވާނީ ރާޖް އާއި ޑީޖޭގެ ޕްރޮޖެކްޓެއްގައެވެ. ނަން ހާމަކޮށްފައިނުވާ މި ފިލްމުގައި އެކްޓަރު ޝާހިދު އާއެކު ފެނިގެންދާނީ ތެެލެގޫ އަދި ތަމިލް ފިލްމުތަކުން ފެނިގެންދާ ބަތަލާ ރާޝީ ކަންނާއެވެ.

ފިލްމާ ގުޅޭ މާ ބޮޑު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ. ފާއިތުވި ދެއަހަރު ދުވަސްތެރޭ ޝާހިދު ވަނީ ބޮކްސް އޮފީހުގައި ރެކޯޑު މުގުރާލި ފިލްމުތަކެއް ކުޅެފައެވެ. އޭނާގެ އެންމެ ފަހުގެ ދެ ފިލްމު ކަމަށްވާ "ޕަދްމާވަތް" އާއި "ކަބީރު ސިންހް" އަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ.

އެދެ ފިލްމަށްފަހު ގިނަ ފިލްމުތަކެއް ޝާހިދަށް ލިބެމުންދާއިރު އޭނާގެ ކުރިއަށް އޮތް ފިލްމަކީ ތެލެގޫ ފިލްމު "ޖާޒީ"ގެ ހިންދީ ރީމޭކެވެ. ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން އޭނާ މި ފިލްމުން ފެނިގެންދާއިރު މި ފިލްމަކީ އަންނަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ތާވަލްކޮށްފައިވާ ފިލްމެކެވެ.



comment ކޮމެންޓް