"އާރްއާރްއާރް" ރިލީޒްކުރާނީ އޮކްޓޯބަރު މަހު

ފިލްމުގެ ޕޯސްޓަރެއް---

ކުޅަދާނަ ބަތަލާ އާލިއާ ބަޓް 27، ލީޑު ރޯލުން ފެނިގެންދާ ފިލްމު "އާރްއާރްއާރް" ރިލީޒްކުރާ ތާރީޚު އިއުލާންކޮށްފި އެވެ.

އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު މި ފިލްމު ރިލީޒްކުރާނެކަން އިއުލާންކުރަމުން ވަނީ ފިލްމުގެ އާ ޕޯސްޓަރެއްވެސް ދައްކާލާފަ އެވެ. މި ފިލްމުގައި އާލިއާ ފެނިގެންދާނީ ވަރަށް މައުސޫމް ރޯލަކުންނެވެ. ސީތާ ކިޔާ ކެރެކްޓާއަކުން އޭނާ މި ފިލްމުން ފެނިގެންދާއިރު އެ ކެރެކްޓާއަކީ ފިލްމަށް ވަރަށް މުހިންމު ކެރެކްޓާއެއް ކަމަށް ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ބުންޏެވެ.

އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ހިޔާލީ ދެ ކެރެކްޓާއަކަށް ބިނާކޮށް ތައްޔާރުކުރާ އެ ފިލްމުގެ ފިރިހެން ދެ ބަތަލަކީ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ. މި ފިލްމުގެ ހާއްސަ ފެނިލުމަކުން ކާމިޔާބު ތަރި އަޖޭ ދޭވްގަން ވެސް ފެނިގެންދާނެ އެވެ. މި ފިލްމަކީ 3.5 ބިލިއަން އިންޑިއަން ރުޕީސްގެ ބަޖެޓަކުން އުފައްދާ ފިލްމެކެވެ.

މި ފިލްމުގެ ޝޫޓިންގެ ބޮޑު ބައެއް މިހާރު ނިންމާލާފައިވާއިރު މިހާރު ކުރިއަށްދަނީ ފިލްމުގެ ކްލައިމެކްސް މަންޒަރުގެ ޝޫޓިންއެވެ. ފިލްމުގެ ޝޫޓިން އާ ބަތަލާ އާލިއާ ގުޅުނީ މިދިޔަ ޑިސެމްބަރު މަހު އެވެ.

comment ކޮމެންޓް