ސިފައިންގެ ސީނިއާ ހަތަރު އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދީފި

ސިފައިނަށް މަގާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

ސިފައިންގެ ސީނިއާ ހަތަރު އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދީފި އެވެ.

ކުރިން ކާނަލް ރޭންކުގައި ތިއްބެވި އެ ހަތަރު ސިފައިންނަށް މަގާމުގެ ކުރިއެރުން ދެއްވީ، މިއަދު އެކަމަށްޓަކައި ބަންޑާރަކޮށީޣައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. އެ ހަތަރު ސިފައިންނަށްވެސް މަގާމުގެ ކުރިއެރުން ދީފައިވަނީ ބްރިގޭޑިއާ ޖެނެރަލް ރޭންކަށެވެ.

މަގާމުގެ ކުރިއެރުން ދީފައިވަނީ، މުހައްމަދު ޝަރީފްއާއި، އިސްމާއީލް ޝަރީފްއާއި، އަބްދުﷲ ޒުހުރީ އަދި އަބްދުލް މަތީން އަހްމަދަށެވެ.

އެ ހަތަރު ސިފައިންނަށް ބްރިގޭޑިއާ ޖެނެރަލް މަގާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. އަދި މަގާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ އެވެ.

comment ކޮމެންޓް