ރައްޔިތުންގެ މަޖިލިސްވެސް ޓިކްޓޮކަށް

ރައްޔިތުންގެ މަޖިލީހުން ޓިކްޓޮކް ޗެނަލެއް ހަދައިފި އެވެ.

މަޖިލީހުން މިއަދު ވަނީ އެ އިދާރާގެ އޮފިޝަލް ޓިކްޓޮކް ޗެނަލް ލޯންޗްކޮށްފައެވެ.

މަޖިލިސް އިދާރާގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތަކާއި މައުލޫމާތުތައް މީގެފަހުން ޓިކްޓޮކް އެކައުންޓު މެދުވެރިކޮށް ފެންނާނެ ކަމަށެވެ.

މަޖިލިސް އިދާރާގެ ޓިކްޓޮކް އެކައުންޓު --

މިހާތަނަށް އެ ޗެނެނަލަށް ލާފައި ވަނީ އެންމެ ވީޑިއޯއެކެވެ. އެ ވީޑިއޯއަކީ، މިއަހަރަށް މަޖިލިސް ރަސްމީކޮށް ހުޅުވާތީ އެކަމަށް ހާއްސަކޮށްފައިވާ ވީޑިއޯއެކެވެ. މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާ އޮތީ އަންނަ މަހު ހަތަރު ވަނަ ދުވަހުއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް