މަޖަން ބްރޭންޑުގެ ހިކިކިރު ރެޑްވޭވުން ތައާރަފު ކޮށްފި

ރެޑްވޭވުން ވަނީ މަޖަން ބްރޭންޑުގެ ހިކިކިރު ތައާރަފު ކޮށްފައި -- ފޮޓޯ: ރެޑްވޭވް

ނިއުޒިލެންޑުގެ މަޖަން ބްރޭންޑުގެ ހިކިކިރު ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފު ކޮށްފި އެވެެ.

ރެޑްވޭވުން ބުނި މަޖަން އަކީ މެދު އިރުމައްޗާއި، އެފްރިކާ އަދި އެނޫންވެސް އެކި ކަންކޮޅުތަކަށް ކޮލިޓީ ރަނގަޅު ހިކިކިރު ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ.

ކުންފުނީގެ ނަމުން ނަންދީފައިވާ މަޖަން ހިކި ކިރަކީ ވިޓަމިން އޭ އަދި ޑީ ހިމެނޭގޮތަށް ފައްކާކުރެވިފައިވާ ހިކިކިރެއް ކަމަށްވެސް ރެޑްވޭވުން ބުންޏެވެ.

މީގެ އިތުރުން ނައިޓްރޯޖަން ފްލަޝް ޕެކިންއެއްގައި ރައްކާކޮށް، މި ހިކިކިރު ބަންދު ކޮށްފައި ހުންނަނީ އޭގެ އަސްލަށް އަދި ރަހައަށް ބަދަލު އައުމެއް ނެތި ދިގު މުއްދަތެއްގައި ހުންނާނެފަދަ ގޮތަކަށް ކަމަށާއި މި ކިރު އުފެއްދުމުގައި ބޭނުން ކޮށްފައިވާ ސްޕްރޭ ޕްރޮސެސްގެ ސަބަބުން ފިނި އަދި ހޫނު ފެނުގައި، އަދި ކޮފީއާއި ސަޔާއި އެކު ފަސޭހަކަމާއި އެކު ގިރާލެވޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

މަޖަން ކިރަކީ އޭގެ ފައިދާ ލިބިދިނުމަށް ހެނދުނުގެ ނާސްތާ ގަޑީގައި ސީރިއަލް އާއެކު ބޭނުން ކުރުމަށާއި، ކެއްކުމުގައި ބޭނުން ކުރުމަށް އަދި ކޭކު އެއްޗެހި ފިހާއިރު ބޭނުން ކުރުމަށާއި ފޮނިކާތަކެތި ތައްޔާރުކުރުމަށްވެސް ހުރި އެންމެ އެކަށޭނަ އެއް ހިކިކިރު ކަމަށް ރެޑްވޭނުން ބުންޏެވެ.

ރެޑްވޭވް އިން ބުނީ އެކުންފުނިން ހިކިކިރެއް ތައާރަފްކުރަން ނިންމާފައިވަނީ ބާޒަރުގައި ހިކި ކިރުގެ އަގުބޮޑުވުމުން ހެޔޮ އަގުގައި ރައްޔިތުންނަށް ހިކި ކިރެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

މަޖަން ހިކިކިރު މިހާރު މާރކެޓުގައި ހުރި ހިކިކިރަށްވުރެ 20 ޕަސެންޓައި އާއި 30 ޕަސެންޓާ ދެމެދު އަގުހެޔޮ ވާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.

މަޖަން ހިކިކިރު ރެޑްވޭވްގެ ހޯލްސޭލް ސެންޓަރުންނާއި މާލެ އަދި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ފިހާރަތަކުން ލިބޭނެ އެވެ.

comment ކޮމެންޓް