އެސްޓީއޯގެ ޗީފް އިންޓާނަލް އޮޑިޓަރަކަށް ނާފިއާ

އެސްޓީއޯގެ ޗީފް އިންޓާނަލް އޮޑިޓުަރުގެ މަގާމަށް އައްޔަނު ކުރަން ނިންމާފައިވަނީ ހައްވާ ނާފިއާ --- ފޮޓޯ: އެސްޓީއޯ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރަން ނިންމައިފިއެވެ.

އެކުންފުނިން ކުރި އިއުލާނެއްގައި ބުނީ ކުންފުނީގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ސ.ހިތަދޫ އޭނާޒް، ހައްވާ ނާފިއާ އައްޔަނު ކުރަން ނިންމާފައިވާ ކަމަށެވެ.

ނާފިއާ މަގާމަށް އައްޔަނު ކުރާނީ އަންނަ ފެބްރުއަރީ މަހުގެ އެކަކުން ފެށިގެން ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

ނާފިއާ މަގާމަށް އައްޔަނު ކުރަނީ މިހާރު އެ މަގާމުގައި ހުންނެވި ޑރ. އިބްރާހިމް މަހްފޫޒު މަގާމުން ވަކިވެ ވަޑައިގަންނަވާތީ އެވެ.

comment ކޮމެންޓް