ސަފާރީއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ހުޅުމާލެ އިން ހދ. ހަނިމާދުއަށް ދަތުރުކުރަނިކޮށް "ނައުޓިލުސް ވަން" ސަފާރީގައި އަލިފާން ރޯވެފައި --- ފޮޓޯ: އެމްއެންޑީއެފް

ހުޅުމާޅެ އިން ހދ. ހަނިމާދުއަށް ދަތުރުކުރި ސަފާރީއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ "ނައުޓިލުސް ވަން" ނަމަކަށް ކިޔާ އެ ސަފާރީގައި އަލިފާން ރޯވީ މެންދަމު 3:39 އެހައިކަންހާއިރު ކ. ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

އާޒިމް ވިދާޅުވީ އަލިފާން ރޯވިއިރު ސަފާރީގައި ތިބި ހަ ފަޅުވެރިން ޑައިވިން ދޯންޏަކަށް އަރާފައިވާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފްގެ ފަޔާ ލޯންޗް ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް ކޮށްފަ އެވެ.

"ފަޔާ ޓީމުން އަލިފާން ނިއްވަމުން ދަނިކޮށް 6:44 އެހައިކަންހާއިރު ސަފާރީ ވަނީ ކަނޑު އަޑިއަށް ގޮސްފައި،" އާޒިމް ވިދާޅުވި އެވެ.

އެ ސަފާރީގައި އަލިފާން ރޯވީ ކީއްވެގެން ކަމެއް އަދި ސާފެއްނުވެ އެވެ.

comment ކޮމެންޓް