ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަނިލް ކަޕޫރުގެ އަންހެން ދަރިފުޅު ބަތަލާ ސޯނަމް ކަޕޫރު އޭނާގެ ކުރިއަށް އޮތް ފިލްމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
"ބްލައިންޑް" ގެ ނަމުން ނަން ދީފައިވާ މި ފިލްމު ރަސްމީކޮށް މި މަހު ކުރީކޮޅު އިއުލާންކުރުމަށްފަހު ފިލްމުގެ ޓީމުން ވަނީ ފިލްމުގެ ތައްޔާރީތައްވުމަށް ސްކޮޓްލޭންޑަށް ފުރާފައެވެ. ލޯފަން ފުލުސް އޮފިސަރެއްގެެ ރޯލު ކުޅޭ މި ފިލްމަކީ ކްރައިމް ތްރިލާ ޖޯންރާއަށް ތައްޔާރުކޮށް ގެނެސްދޭ ފިލްމެކެވެ.
ސީރިއަލްް ކިލާއެއް ހޯދުމަށް މަސައްކަތް ކުރާ ލޯފަން ފުލުސް މީހެއްގެ ރޯލުން ސޯނަމް މި ފިލްމުން ފެނިގެންދާއިރު މި ފިލްމަކީ ޑައިރެކްޓަރު ޝޯމޭ މަކީޖާއެވެ.
މި ފިލްމަކީ 2011 ވަނަ އަހަރު ނުކުތް ކޮރެއާ ފިލްމު "ބްލައިންޑް"ގެ ހިންދީ ރީމޭކެކެވެ. މި އަހަރު ތެރޭ ފިލްމު ރިލީޒްކުރަން ނިންމާފައިވާ ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. ބަތަލާ ސޯނަމް އެންމެ ފަހުން ފެނިގެންދިޔައީ 2019 ވަނަ އަހަރު ނުކުތް "ދަ ޒޯޔާ ފެކްޓާ" އިންނެވެ.
ބޮލީވުޑްގައި މާ ކާމިޔާބެއް ލިބިފައިނުވާ ސޯނަމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ 2016 ވަނަ އަހަރު އޭނާ ކުޅުނު ފިލްމު "ނީރްޖާ"އެވެ.