މާލޭގައި އިމާރާތަކުން ވެއްޓުނު މީހަކަށް ފަރުވާ ދެނީ

ތޮއްޖެހިފައިވާ މާލެ ސިޓީގެ މަންޒަރެއް -- ސަން ފޮޓޯ/ މާހިލް މުހައްމަދު

މާލޭގެ އިމާރާތަކުން ވެއްޓުނު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އެބަދެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސަބުދެލި މަގުގައި ހުރި ގެއެއްގެ މަތިން މީހަކު ވެއްޓިގެން މިރޭ 19:45 އެހައިކަންހާއިރު ފުލުހުންނަށް މައުލޫމާތު ލިބުމާ ގުޅިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ވެއްޓި އަނިޔާވެފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެ މީހާ އަށް މިހާރު އައިޖީއެމްއެޗް ގައި ދަނީ ފަރުވާ ދެމުން،" އޮފިޝަލް ވިދާޅުވި އެވެ.

އެ މީހާއަށް ލިބުނީ ކިހާވަރެއްގެ ޒަޚަމެއްކަން އަދި ނޭނގެ އެވެ.

comment ކޮމެންޓް