ކޮވިޑް ޖެހިގެން ރާއްޖެއިން 51 ވަނަ މީހަކު މަރުވެއްޖެ

މެއި 14، 2020: ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.

މިއީ މި ބަލީގައި ރާއްޖެއިން މަރުވި 51 ވަނަ މީހާ އެވެ. އެޗްޕީއޭއިން ބުނީ އެމީހާއަކީ އުމުރުން 86 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އެ މީހާ މަރުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 4:27 ހާއިރުގަ އެވެ.

ރާއްޖޭއިން މިހާތަނަށް 14،855 މީހަކު ވަނީ ކޮވިޑް19އަށް ޕޮޒިޓިވްވެފަ އެވެ. މިވަގުތު ބަލި ޖެހިފައި ތިބި 1015 މީހުން ރާއްޖޭގައި ތިިބި އިރު އޭގެ ތެރެއިން 77 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުތަކުގަ އެވެ.

މި ބަލި ޖެހުމަށްފަހު ރަނގަޅުވި މީހުންގެ އަދަދަކީ 13،813 އެވެ.

comment ކޮމެންޓް