ކުޑަ ކުއްޖަކާ ބެހުނު ބިދޭސީއަކު ހޯދަން އިއުލާނު ކޮށްފި

އެމް ޑީ އިދްރިޝް -- ފޮޓޯ: ޕޮލިސް

ސައުތު ޕޮލިސް ޑިވިޝަންގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީ އަކު ހޯދަން އިއލާނު ކޮށްފި އެވެ.

ފުލުހުން ބުނީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށެވެ.

ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އޭނާގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

އެ މައްސަލަ އާއި ގުޅިގެން ފުލުހުން ހޯދަން އިއުލާނު ކޮށްފައިވަނީ އެމް ޑީ އިދްރިޝް، ބަނގުލަދޭޝް (34އ) އެވެ. އޭނާ ހާޒިރު ކުރަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައިގެ ތަހުގީގަށް ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން 31 ޖެނުއަރީ 2021 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ދިޔުމަށް އެމްޑީ އިދްރީސް އަށް އަންގައި، ފުލުހުން ވަނީ އިއުލާނު ކޮށްފަ އެވެ.

comment ކޮމެންޓް