ރިވަޑޭލްގެ ފަސް ވަނަ ސީޒަން ދައްކަން ފަށައިފި

ރިވަޑޭލްގެ ބައެއް މަންޒަރުތައް---

ނެޓްފްލިކްސްގެ ޓީން ސީރީޒް "ރިވަޑޭލް"ގެ ފަސް ވަނަ ނެޓްފްލިކްސްއިން ސްޓްރީމް ކުރަން ފަށައިފިއެވެ.

ސީރީޒްގެ ފުރަތަމަ އެޕިސޯޑް މިހާރު އާންމުކޮށްފައިވާއިރު ދެވަނަ އެޕިސޯޑް ސްޓްރީމްކުރާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި ތިން ވަނަ އެޕިސޯޑް ދައްކާނީ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ހަފްތާ އަކު އެޕިސޯޑެއް ދެއްކުމަށް ހަމަޖެހިފައިވާ ރިވަޑޭލް ގެ މި ސީޒަނުން ޓޯނީ ޓޮޕާޒްގެ ބެކް ސްޓޯރީވެސް އެނގިގެންދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

ރިވަޑޭލްގެ މުހިއްމު ދެތަރިން ކަމަށްވާ ޖަގްހެޑްގެ ބައްޕަ އެފްޕީ ޖޯންސް އަދި ވެރޮނިކާގެ މަންމަ ހާމަނީ ލޮޖް ރިވަޑޭލްގެ ފަސްވަނަ ސީޒަނުން ނުފެންނާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. މި ފަހަރުގެ ސީޒަނުން ގިނަ ބަދަލުތަކެއް ފެނިގެންދާނެއެވެ. ސީރީޒްގެ ފުރަތަމަ އެޕިސޯޑް ފެށިގެންދިޔައީ ޕްރޮމް ނައިޓަކުންނެވެ.

ޒުވާނުންގެ މެދުގައި މަޝްހޫރު ސީރީޒް ރިވަޑޭލްގެ ފުރަތަމަ އެޕިސޯޑެއް އާންމުންނާ ހަމައަށް އައީ 2017 ވަނަ އަހަރު އެވެ.

comment ކޮމެންޓް