މިރޭ ދަންވަރު ބީއެމްއެލްގެ އިންޓަނެޓް ބޭންކިން ހިދުމަތްތަކަށް ބުރޫ އަރާފާނެ

ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ހިދުމަތްތަކަށް މިރޭ ދަންވަރުގެ ވަކި ގަޑިތަކެއްގައި ބުރޫއަރާފާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްއިން ކުރި ޓުވީޓެއްގައި ބުނީ މިރޭ ދަންވަރު 1:30 - 3:30އާ ދެމެދު މެއިންޓެނެންސްގެ މަސައްކަތްތަކެއް ކުރަމުންދާތީ އިންޓަނެޓް ބޭންކިންގެ ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށެވެ.

މެއިންޓެނެންސްގެ މަސައްކަތް ދަންވަރުގެ އެ ގަޑިތަކުގައި ކުރަނީވެސް ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ބަލައި، އެ ދަތިތައް ވީހާވެސް ކުޑަކުރުމަށް ކަމަށް ބޭންކުން ބުންޏެވެ.

އަދި އެ ވަގުތުތަކުގައި ހިދުމަތަށް ބޫރު އަރާފާނެތީ އެކަމަށް މާފަށް އެދޭ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްގެ އިންޓަނެޓް ބޭންކްއިން މިހާރުވެސް ގިނަ އަދަދެއްގެ ހިދުމަތްތައް ދެއެވެ. އޭގެ ތެރޭގައި އެއް އެކައުންޓުން އަނެއް އެކައުންޓުން ފައިސާ ފޮނުވުމާއި ލޯނަށް ފައިސާ ދެއްކުމާއި ބޭންކް އެކައުންޓް ސްޓޭޓްމަންޓްތައް ބެލުން ފަދަ ހިދުމަތް ހިމެނެއެވެ.

comment ކޮމެންޓް